ޓެރަރިޒަމްގެ އަމަލުތައް ހިންގިކަމުގެ ކުށް ސާބިތުވި 42 މީހަކަށް އިރާޤުގައި މަރުގެ އަދަބު ދީފިއެވެ. އެމީހުން މެރީ ޖަލެއްގައެވެ. މިއެންމެންނަކީވެސް ޑައޭޝްގެ ހަނގުރާމަވެެރިންނެވެ.
މިމީހުންގެ މައްޗަށް ސާބިތުވި ކުށްތަކުގެ ތެރޭގައި ސަލާމަތީ ބާރުތަކަށް ހަމަލާ ދިނުމާއި ކާރު ބޮން ގޮއްވުން ފަދަ އަމަލުތައް ކުރުން ހިމެނެއެވެ.
އިރާޤުން ބުނެފައިވަނީ މެރުމުގެ ކުރިން އެންމެންނަށް ވެސް ކުށުން ބަރީއަވުމުގެ ފުރުޞަތު ދީފައިވާނެ ކަމަށެވެ. މަރުގެ އަދަބު ތަންފީޒުކުރީ ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހުގައި ކަމަށެވެ.