އަބޫދާބީގަ ކުރި ފުރަތަމަ ހިތް ބަދަލުކުރުމުގެ އޮޕަރޭޝަން ކާމިޔާބު ކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 32ސ
އަބޫދާބީގަ ކުރި ފުރަތަމަ ހިތް ބަދަލުކުރުމުގެ އޮޕަރޭޝަން ކާމިޔާބު ކޮށްފި
އަބޫދާބީގައި ކުރި ފުރަތަމަ ހިތް ބަދަލުކުރުމުގެ އޮޕަރޭޝަން ކާމިޔާބުކޮށްފިއެވެ. އޮޕަރޭޝަން ކޮށްފައިވަނީ ހިތް އެކުގައިހެން ފެއިލްވެފައިވާ އުމުރުން 38 އަހަރުގެ ފިރިހެނެކެވެ.

އޮޕަރޭޝަންކުރި ކްލީވްލޭންޑް ކްލިނިކުގެ ޑޮކްޓަރުން ބުނަނީ އޮޕަރޭޝަން ކާމިޔާބު ކަމަށާއި މިހާރު ބަލިމީހާ ރަނގަޅުވަމުން އަންނަ ކަމަށެވެ.

މިމަހުގެ 5 ވަނަ ދުވަހު ކުރި މި އޮޕަރޭޝަނަށް 6 ގަޑިއިރު ނެގިއެވެ. އޮޕަރޭޝަން ކުރި ޓީމުގައި ކްލިނިކުގެ ސީއީއޯ ޑރ. ރާކޭޝް ސޫރީ ހިމެނެއެވެ.

މިބާވަތުގެ އޮޕަރޭޝަންތައް މީގެ ކުރިން ކުރަނީ އެމެރިކާ ފަދަ ޤައުމުތަކަށް ގޮސްގެންނެވެ. އެކަން ހުއްޓުވުމަށް އަބޫދާބީގައި މިހާރު ގެންދަނީ ފެންވަރު މަތީ ކްލިނިކްތައް ހުޅުވަމުންނެވެ.
މިއަދު އޮންލައިން