ޔަހޫދީ ސިފައިން ޝަހީދުކޮށް ހިފަހައްޓަމުން ގެންދާ ފަލަސްޠީނުގެ 9 މީހުންގެ ހަށިގަނޑުތައް ނުދީ ނުހިފެހެއްޓޭނެ ކަމަށް އިޒްރޭލުގެ ސްޕްރީމް ކޯޓުން ޙުކުމްކޮށްފިއެވެ.
ކޯޓުން މިފަދަ ޙުކުމެއް ކުރީ ޝަހީދުކޮށްފައިވާ ފަލަސްޠީނުގެ 9 މީހެއްގެ ހަށިގަނޑު ނުދީ އިޒްރޭލުން ހިފަހައްޓަމުން ގެންދާ މައްސަލަ އާއި ގުޅިގެންނެވެ. މިމައްސަލައިގައި އިޒްރޭލުގެ ޕާލަމެންޓުން ގޮތެއް ނިންމާނެ ކަމަށް ބުނެ ނުނިންމައި ހިފަހައްޓަމުން ގެންދިއުމުން މައްސަލަ ސްޕްރީމް ކޯޓަށް ވެއްދީއެވެ.
އިޒްރޭލުން ބުނަނީ 2014 ވަނަ އަހަރުގެ ހަނގުރާމައިގާ މަރުވި ދެ ޔަހޫދީއެއްގެ ހަށިގަނޑު ފަލަސްޠީނުގައި ވެއްޖެ ކަމަށާއި ފަލަސްޠީނު ހަށިތައް ދޭނީ ޔަހޫދީންގެ 2 ހަށިގަނޑޫ ދިނުމުން ކަމަށެވެ. ނަމަވެސް މިއީވެސް ހަށިތައް ނުދިނުމުގެ ބޭނުމުގައި ދެއްކި ބަހަނާއެކެވެ. އެފަދަ އެއްވެސް ކަމެއް ހިނގާފައެއްވެސް ނުވެއެވެ.