އަނބިމީހާ އާ ކޮއްކޮ ހިތާވުމުން ކައިވެނިކުރުވާފަ އަވަށަށް އަލްވަދާއު ކިޔައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
އަނބިމީހާ އާ ކޮއްކޮ ހިތާވުމުން ކައިވެނިކުރުވާފަ އަވަށަށް އަލްވަދާއު ކިޔައިފި
އަނބިމީހާ ކޮއްކޮ އާއި ލޯބީގެ ގޮތުން ގުޅުމުން އަނބިމީހާ ވަރިކޮށް ކޮއްކޮ އާއި ކައިވެނިކުރުވުމަށްފަހު އަވަށް ދޫކޮށް މީހަކު ހިނގައްޖެއެވެ.

4 އަހަރު ކައިވެނިކޮށްގެން އުޅެ 2 އަހަރުގެ އަންހެން ދަރިއަކުވެސް ވަނީ ދެމަފިރިންނަށް ލިބިފައެވެ. އަނބިމީހާގެ އުފަލަށްޓަކައި އެކަން ކޮށްދިނުމަށް ފިރިމީހާ ކުރީ އެންމެ ދެ ޝަރުޠެވެ. އެއީ ދެމީހުން ވަރި ނުވެ ލޯބިން ދިރިއުޅުމާއި 2 އަހަރުގެ ދަރިފުޅު ބަލައިދިނުމަށެވެ.

އުމުރުން 30 އަހަރުގެ ޕަވަން ގޮސްވާމީ ކައިވެނި ރޫޅައި ނުލުމަށް ވަރަށް މަސައްކަތްކުރިއެވެ. ޢާއިލާ މެދުވެރިކޮށް ވެސް މަސައްކަތްކުރިއެވެ.
ނަމަވެސް އެކަމަށް ކޮއްކޮ ވެސް އަދި އަނބިމީހާވެސް އިޖާބަ ނުދީ ލޯބީގެ ގުޅުން ކުރިއަށް ގެންދިއައީ އެވެ.

ކައިވެނީގެ ހަފްލާގައިވެސް ޕަވަން ބައިވެރިވިއެވެ. ކައިވެނީގެ ހަފްލާއަށްފަހު ރޮމުން އޭނާ އަވަށް ދޫކޮށް ދިއައީ ފަސްއެނބުރި ބަލައިވެސް ނުލައެވެ. ދިއަ ވަކިތަނެއް ނުވެސް ބުނެއެވެ.

ޕަވަން އޭނާގެ ރައްޓެހިންގެ ގާތުގައި ބުނީ އޭނާ ބޭނުންވަނީ އަނބިމީހާ އުފަލުގައި ދިރިއުޅުން ކަމަށެވެ. އެކަން ކޮށް ނުދީފިނަމަ ޢާއިލާގައި ޖެހޭނީ އިތުރު މައްސަލަތައް ކަމަށާއި އެއްވެސް މައްސަލައެއް ޖެހެން އޭނާ ބޭނުން ނުވާ ކަމަށެވެ.
މިއަދު އޮންލައިން