ޖެރޫސަލަމަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާއިން ޤަބޫލުކުރުމުންނާއި އެމެރިކާ އެމްބަސީ ޖެރޫސަލަމަށް ބަދަލުކުރަން އެމެރިކާގެ ރައީސް ޓްރަމްޕް ނިންމުމުން އެކަމާއި ދެކޮޅަށް މުޒާހަރާތައް މިއަދު ކުރިއަށް ގެންދިއަ ދުނިޔޭގެ ސިޓީތަކުގެ ތެރޭގައި އިންޑިއާގެ މުމްބާއީ އާއި ޖަޕާނުގެ ޓޯކިޔޯ ހިމެނެއެވެ.
މެލޭސިޔާގެ ކުއާލާ ލަމްޕޫރާއި އެހެންވެސް މުސްލިމް ބައެއް ޤައުމުތަކުގައި ވެސް މުޒާހަރާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މަސްޖިދުލްއަޤްޞާގައި ކުރި މިއަދުގެ ހުކުރު ނަމާދަށްފަހު މުސްލިމުން މިއަދުވެސް ވަނީ މަގުތަކަށް ނުކުމެފައެވެ. ނުކުތް އެތައް ހާސް ބައަކަށް ހުރަސް އަޅައި ކުރި ގޯނާތަކުގައި 2 މީހުން ވަނީ މަރުވެފައެވެ. 10 މީހެއްގެ ކަރަށް ވަނީ ވަޒަން އަރައިފައެވެ. ރާމަﷲ ގައި ޔަހޫދީ ސިފައިން ވަނީ ބަޑިޖަހައި އެކަކު ޝަހީދުކޮށްލައިފައެވެ.
މުސްލިމުން މިއަދުވެސް ދައްކައިދިނީ އެމީހުން ތިބީ ބޯހަރު ޓްރަމްޕަށް ދޫކުރަން ނޫން ކަމާއި ޝަހީދުވުމަށް ތައްޔާރަށް ކަމެވެ. ޖެރޫސަލަމަކީ ޔަހޫދީންގެ ހަޑިމުޑުދާރު ޖަގަހައަކަށް ހެދުމުގެ ފުރުޞަތު ނުދޭނެ ކަމެވެ.