3 ފަށްވަރިއަކުން ވަރިކޮށްފިނަމަ 3 އަހަރު ދުވަހަށް ޖަލަށް ލުމަށް އިންޑިއާގައި ބިލެއް ފާސްކޮށްފިއެވެ. މި މުއްދަތުގައި ފައިސާ ބަހައްޓައިގެންވެސް ސަލާމަތް ނުވެވޭނެ ކަމަށާއި އަދަބަށް ލުޔެއް ނުލިބޭނެ ކަމަށްވެސް ބިލުގައިވެއެވެ.
މިފަދަ ބިލެއް ވަޒީރުންގެ މަޖިލީހުން ފާސްކުރީ އިންޑިއާގައި 3 ފަށްވަރިން ވަރިކުރުން އާންމު ކަމަކަށްވެފައިވާތީ އެކަން ހުއްޓުވުމަށް ގިނަ ޖަމިއްޔާތަކަކުން މަސައްކަތް ފެށުމުންނެވެ. ޖަމިއްޔާތަކުން ބުނަނީ މި ނުބައި އާދައިގެ ސަބަބުން ގިނަ އަދަދެއްގެ އަންހެނުންގެ ކަރަމާތަށް ވަރަށް ބޮޑަށް ގެއްލުން ވަމުން އަންނަ ކަމަށެވެ.
ބިލަށް އަމަލުކުރަން ގިނަ ސްޓޭޓްތަކަކުން ވަނީ އެއްބަސްވެފައެވެ. 3 ފަށްވަރިން ވަރިކުރުމަކީ އިންޑިާގައި ޢާންމު ކަމެއް ނަމަވެސް އެއީ އެހެން ޤައުމުތަކުގެ މުސްލިމުންގެ މެދުގައި ޢާންމު ކަމެއް ނޫނެވެ.
އިންޑިއާގެ ސްޕްރީމް ކޯޓުން ދާދިފަހުން ވަނީ ކުއްލި ރުޅީގައި ވަރިކުރުން ވެސް މަނާކޮށްފައެވެ.