ދޮންފަނު އިންވިޓޭޝަނަލް ކަޕް: ފަހުގެ ޗެމްޕިއަން ކިހާދޫއާއި ދޮންފަނުގެ ކުރިމަތިލުން ހަމަހަމަވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ
ދޮންފަނު އިންވިޓޭޝަނަލް ކަޕް: ފަހުގެ ޗެމްޕިއަން ކިހާދޫއާއި ދޮންފަނުގެ ކުރިމަތިލުން ހަމަހަމަވެއްޖެ
ބ. ދޮންފަނު އިންވިޓޭޝަނަލް ކަޕް ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ފަހުގެ ޗެމްޕިއަން ކިހާދޫއާއި މުބާރާތް ކުޅޭ ރަށްކަމަށްވާ ދޮންފަނުގެ ކުރިމަތިލުން ހަމަހަމަވެއްޖެއެވެ.

އިއްޔެ ހަވީރު ދޮންފަނު ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމު ހަމަހަމަވެގެންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ދޮންފަނު ޓީމުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގައި ޢަލީ ޝަރީފްއެވެ.

ފުރަތަމަ ހާފު ދޮންފަނު ލީޑުގައި އޮވެގެން ނިންމައިލި ނަމަވެސް ދެވަނަ ހާފު ފަހު ވަގުތުކޮޅުގެ ތެރޭގައި ކިހާދޫ ޓީމުގެ ހުސައިން އީމާން (މާނު) ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މާނުއަކީ މި ދިޔަ އަހަރުގެ މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ވެސް މެއެވެ.

މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ދޮންފަނު ޓީމުގެ އަހުމަދު އިފްހާމްއެވެ.

23 އަހަރުުން ދަށުގެ ކުޅުންތެރިންނަށް ޚާއްޞަކޮށްގެން ބާއްވާ މި މުބާރާތުގައި މި އަަހަރު ބައިވެރިވެފައިވަނީ ދޮންފަނު، ކިހާދޫ، ގޮއިދޫ، ދަރަވަންދޫ، އަދި އޭދަފުއްޓެވެ.

މި މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ ގޮއިދޫއާއި ދަރަވަންދޫއެވެ.
މިއަދު އޮންލައިން