ގޮތް ނުއެނގޭ ބައަކު ބޮޑުބަޑިން ހަމަލާދީ އިރާޤުގެ އަވަށެއްގެ ގެތަކެއް އަންދާލައިފިއެވެ.
މިހާދިސާތަކުގައި ޢާންމުންގެ ގިނަ ބައަކު ވަނީ މަރުވެސްވެފައެވެ.
ތުޒް ޚުރުމަތި ނަމަކަށް ކިޔާ ވަށަށް ބޮޑުބަޑިތަކުން ހަމަލާދީފައިވަނީ މިމަހުގެ 9 ވަނަ ދުވަހާއި 12 ވަނަ ދުވަހުއެވެ. ހަމަލާދީފައިވަނީ ފަރުބަދަތައް މަތިންނެވެ.
އިރާޤް ސިފައިން ބުނެފައިވަނީ މިހަމަލާތައް ދިން ބައަކު ހޯދުުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އިރާޤުން މިހާރު ވަނީ ޑައޭޝް އެ ޤައުމުން ނައްތައިލެވިފައިވާކަން އިއުލާނުކޮށްފައެވެ. އެހެންކަމުން އެފަދަ ބަރު ހަތިޔާރު މިހާރު ގެންގުޅެނީ ކޮން ބައެއް ކަމާއިމެދު ވަނީ ސުވާލު އުފެދިފައެވެ.