ޖެރޫސަލަމް މައްސަލައިގަ ބޮޑުޕޯޕް އާ ކިންގ ޢަބްދުﷲ ބައްދަލުކުރައްވަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ޖެރޫސަލަމް މައްސަލައިގަ ބޮޑުޕޯޕް އާ ކިންގ ޢަބްދުﷲ ބައްދަލުކުރައްވަނީ
ޖެރޫސަލަމާއިމެދު އެމެރިކާގެ ރައީސް ބޯހަރު ޓްރަމްޕް ނިންމާފައިވާ ނިންމުންތަކާއި ގުޅިގެން އުރްދުންގެ ރަސްގެފާނު ކިންގ ޢަބްދުﷲ، ބޮޑު ޕޯޕް ފްރޭންސިސް އާއި މަޝްވަރާކުރައްވަން ނިންމަވައިފިއެވެ.

މިބައްދަލުވުން ބާއްވަވަން ނިންމަވާފައިވަނީ އަންނަ ހަފްތާގައި ވެޓިކަންގައެވެ.

ޖެރޫސަލަމަކީ ޢީޞާގެފާނުވެސް ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ބިންކަމަށްވުމުން ކްރިސްޓިއަނުންގެ މުހިންމު ބިނާތައް ވެސް ޖެރޫސަލަމްގައި އެބަހައްޓެވެ. ކްރިސްޓިއަނުން އެންމެ ބޮޑު އަޅުކަމެއްގެ ގޮތުން ޒިޔާރަތްކުރާ ތަންތަން ވެސް ހުރީ ޖެރޫސަލަމުގައެވެ.

ޖެރޫސަލަމަކީ ހުރިހާ ގޮތަކުންވެސް މުސްލިމުންނާއި ގުޅިފައިވާ މުސްލިމުންގެ ބިމެކެވެ. އެ ހަޤީަތްތައް ބަދަލުކުރަން ޔަހޫދީން ކިތަންމެ ގިނަ ބަދަލުތަކެއް ގެނައި ނަމަވެސް އެއީ ބަދަލު ގެނެވޭނެ ހަޤީޤަތްތަކެއް ނޫންކަން ކުރީ ހަފްތާގެ ހުކުރު ޚުޠުބާއިންވެސް ވަރަށް ރަނގަޅަށް ސާފުވެގެންދެއެވެ.

މިއަދު އޮންލައިން