ޤަވާޢިދާ ޚިލާފަށް ޗައިނާގެ ބައިސްކަލްތަކެއްގައި އިޝްތިހާރު ޖަހާފައިވާތީ އެއް މިލިއަން ޔުއާން ހޯދުމަށް ދައުވާކުރަނީ

ކިޔުމަށް ހޭދަވާނީ 36ސ
ޤަވާޢިދާ ޚިލާފަށް ޗައިނާގެ ބައިސްކަލްތަކެއްގައި އިޝްތިހާރު ޖަހާފައިވާތީ އެއް މިލިއަން ޔުއާން ހޯދުމަށް ދައުވާކުރަނީ
ޤަވާޢިދާ ޚިލާފަށް ޗައިނާގެ ބައިސްކަލްތަކެއްގައި އިޝްތިހާރު ޖަހާފައިވާތީ އެއް މިލިއަން ޔުއާން (151,000 ޔޫއެސް ޑޮލަރު) ހޯދުމަށް ދައުވާކުރަން ނިންމައިފިއެވެ.

ޗައިނާގެ ޝަންހާއީ ހުޖިއާ އިންފޮރމޭޝަން ޓެކްލޮނޮޖީ އާދެކޮޅަށް ދައުވާ ކުރަނީ އެ ޤައުމުގައި ބައިސްކަލް އުފައްދާ އެންމެ ބޮޑު އެއްކުންފުނި "މޮބައިކް" އިންނެވެ. އެ ކުންފުނިން ބުނީ އެ ކުންފުނީގެ 200,000 ބައިސްކަލުގައި ހުއްދަނެތި އިޝްތިހާރު ޖަހާފައިވާ ކަމަށެވެ.

މޮބައިކް ކުންފުނިން ބުނީ އެކަމުގެ ސަބަބުން، އެ ކުންފުނީގެ ވިޔަފާރިއަށް އަގުނުކުރެވޭވަރުގެ ގެއްލުންވެފައިވާ ކަމަށާއި އެ ކުންފުނިން ޚިދުމަތްހޯދާ ފަރާތްތަކުން އެ ކުންފުންޏާއިމެދު ދެކޭގޮތް ބަދަލުވަމުން އަންނަ ކަމަށެވެ.
މިއަދު އޮންލައިން