އިންޑޮނޭޝިއާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ކިޔުމަށް ހޭދަވާނީ 49ސ
އިންޑޮނޭޝިއާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
އިންޑޮނޭޝިއާއަށް އިއްޔެގެ ވަގުތެއްގައި ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

އިންޑޮނޭޝިއާގެ ޖާވާގެ ހުޅަނގު ސަރަހައްދަށް އައިސްފައިވާ މި ބިންހެލުމަކީ 6.5 މެގްނިޓިއުޑަށް އައިސްފައިވާ ބިންހެލުމެއްކަމަށް މީޑިއާތަކުން ރިޕޯޓު ކުރެއެވެ.

ޚަބަރުތައް ލިބިފައިވާ ގޮތުން، މި ބިންހެލުމުގައި މިހާތަނަށް ތިން މީހަކު މަރުވެފައިވާކަމަށާއި ހަތް މީހަކު ޒަޚަމްވެފައިވާ ކަމަށެވެ.

ބިންހެލުން އައިސްފައިވާ ޖާވާ ސަރަހައްދާ 190 މޭލު ދުރުގައިވާ އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ބިން ގުޑައިގެންދިޔަކަމުގެ އިހުސާސްކުރެވިފައިވާ ކަމަށް މީޑީއާ ރިޕޯޓުތަކުން ބުނެއެވެ.
ބިންހެލުން އައިތާ އިރުކޮޅެއް ފަހުން، އިންޑޮނޭޝިއާގެ މޫސުމާއި ކާރިސާތަކާ ބެހޭ އިދާރާއިން ވަނީ ސުނާމީއެއް އިންޑޮނޭޝިއާއަށް އައިސްދާނެކަމުގެ އިންޒާރުދެއްވާފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވެސް އިންޑޮނޭޝިއާގެ ސަރަހައްދަކަށް ވަނީ ބާރުގަދަ ބިންހެލުމެއް އައިސްފައެވެ. ސުމަޓްރާ ސަރަހައްދަށް އައި އެ ބިންހެލުމުގައި ވަނީ ސަތޭކައަށްވުރެ ގިނަ މީހުން މަރުވެފައެވެ.
މިއަދު އޮންލައިން