އިންޑިއާގެ އިދިކޮޅު މައި ޕާޓީގެ ރައީސްކަމަށް ރާހުލް ގާނދީ

ކިޔުމަށް ހޭދަވާނީ 47ސ
އިންޑިއާގެ އިދިކޮޅު މައި ޕާޓީގެ ރައީސްކަމަށް ރާހުލް ގާނދީ
އިންޑިއާގެ އިދިކޮޅު މައި ޕާޓީ ކަމަށްވާ އިންޑިއަން ނޭޝަނަލް ކޮންގްރެސް ޕާޓީގެ ރައީސްކަމަށް ރާހުލް ގާނދީ އައްޔަން ކުރައްވައިފިއެވެ.

ރާހުލް މި މަޤާމަށް ހަވާލުވެވަޑައިގަތީ އޭނާގެ މަންމަ، ސޯނިއާ ގާނދީ އެ ޕާޓީގެ ލީޑަރުކަމުގެ މަޤާމުގައި ނަވާރަ އަހަރު ހޭދަކުރެއްވުމަށްފަހު، ސޯނިއާ މަޤާމުން ދުރުވެވަޑައިގަތީމައެވެ.

އުމުރުން 47 އަހަރުގެ ރާހުލް ރައީސްކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ފުރަތަމަ ދެއްވި ތަޤުރީރިގައި ވިދާޅުވީ އިންޑިއާގެ ރައްޔިތުންގެ އަޑު ކަނޑުވާލަން ބަޔަކު މަސައްކަތް ކުރަމުންދާކަމަށާއި އެހެން ނަމަވެސް ކޮންގްރެސް ޕާޓީއިން އިންޑިއާ ރައްޔުތުންގެ ޕާޓީގެ އަޑު ދިފާޢުކުރާނެކަމަށެވެ.

ރާހުލްއަކީ ނެހުރޫ ގާނދީ ޢާއިލާގެ ތެރޭގައި ކޮންގްރެސްގެ ރައީސްކަމާ ހަވާލުވި ހަވަނަ މެމްބަރެވެ.

ރާހުލްގެ މާމަ އިންދިރާ ގަނދީއާއި ބައްޕަ ރާޖީވް ގާނދީ ވަނީ އިންޑިއާގެ ބޮޑު ވަޒީރުކަން ވެސް ކޮށްފައެވެ.
މިއަދު އޮންލައިން