ގޮއިދޫއާއި ދަރަވަންދޫގެ ކުރިމަތިލުން ވެސް ނިމުނީ ހަމަހަމަވެގެން

ކިޔުމަށް ހޭދަވާނީ 51ސ
ގޮއިދޫއާއި ދަރަވަންދޫގެ ކުރިމަތިލުން ވެސް ނިމުނީ ހަމަހަމަވެގެން
ބ.ދޮންފަނު އިންވިޓޭޝަނަލް ކަޕްގައި ގޮއިދޫއާއި ދަރަވަންދޫގެ ކުރިމަތިލުން ވެސް ނިމުނީ 1-1 ގެ ނަތީޖާއިން ހަމަހަމަވެގެންނެވެ.

ބ.ދޮންފަނު ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގެ ފުރަތަމަ ލީޑު ނެގީ ދަރަވަންދޫ ޓީމުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 69 ވަނަ މިނެޓުގައި ސާމިހު ޢަލީ ޝަރީފްއެވެ.

މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް، ގޮއިދޫ ޓީމަށް ޕެނަލްޓީއެއް ލިބިގެން ދިއައެވެ. މި ޕެނަލްޓީ ގޮއިދޫ ޓީމުގެ ހުސައިން ޝާމް ފޮނުވާލައި، ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބުނީ މެޗުގައި ދަރަވަންދޫގެ ލަނޑު ކާމިޔާބުކޮށްދިން ސާމިހު ޢަލީ ޝަރީފްއެވެ.

މި މުބާރާތުގައި މިހާތަނަށް ދެ މެޗު ކުޅުނުއިރު، ފުރަތަމަ މެޗުގައި ކިހާދޫއާއި ދޮންފަނުގެ ކުރިމަތިލުން ވެސް ނިމުނީ 1-1 ގެ ނަތީޖާއިން ހަމަހަމަވެގެންނެވެ.

23 އަަހަރުން ދަށުގެ ކުޅުންތެރިންނަށް ޚާއްޞަކޮށްގެން ކުޅޭ މި މުބާރާތުގައި މާދަމާ ބައްދަލުކުރާނީ އޭދަފުއްޓާއި ފަހުގެ ޗެމްޕިއަން ކިހާދޫއެވެ.

މިއަދު އޮންލައިން