ރިޔާޛްގެ ބައެއް ސަރަހައްދުތައް ސްނޯއިން ފުރިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ރިޔާޛްގެ ބައެއް ސަރަހައްދުތައް ސްނޯއިން ފުރިއްޖެ
ސައުދިއަރަބިޔާގެ ވެރިރަށް ރިޔާޛްގެ ބައެއް ސަރަހައްދުތަކަށް ސްނޯ ފައިބައި ސްނޯ އިން ފުރިއްޖެއެވެ.

ރިޔާޟްގެ ހޫނުމިން 10 ޑިގްރީއަށް ތިރިވެފައިވާއިރު ދުރު ބައެއް ސަރަހައްދުތަކުގައި މިހާރު ވަނީ 5 ޑިގްރީއަށް ދަށްވެފައެވެ. އެ ސަރަހައްދުތަކުގައި ކުރިއަށް އޮތް 2 ހަފްތާ ތެރޭގައި 0 އަށް ދައްވާނެ ކަމަށް ވަނީ ބެލެވިފައެވެ.

ފިނިގަދަވެފައިވާ ސަރަހައްދުތަކުގެ ސްކޫލުތަކުގައި ހެނދުނުގެ އެސެމްބްލީ ނުބޭއްވުމަށް އެޑިޔުކޭޝަން މިނިސްޓްރީން މިހާރު ވަނީ އަންގައިފައެވެ. އަދި ކްލާހަށް ވަނުމަށް ލައިން ހެދުން ފަދަ ކަންކަން ނުކުރުމަށް ވެސް ވަނީ އަންގައިފައެވެ.

ބައެއް ސްކޫލުތަކުުން ވަނީ މޫސުމާއި ގުޅޭ ޖެކެޓް ފަދަ ތަކެތި އެކުއްޖަކު ބޭނުންވާ ގޮތަކަށް ލައިގެން އައުމުގެ ހުއްދަވެސް ދީފައެވެ. އެއީ ހުރިހާ ކުދިންގެ އަތުގައި އެއްވައްތަރެއްގެ ޖެކެޓް ނުހުންނާނެތީއެވެ.

ފިނިގަދަވެފައިވާ ސަރަހައްދުތަކުގައި އެކަން ގެންދަނީ ޢީދެއްގެ ގޮތުގައި ފާހަގަކުރަމުންނެވެ.

މިއަދު އޮންލައިން