އެމެރިކާގެ އުފެއްދުންތައް ބޭނުން ނުކުރަން އިންޑޮނޭސިއާގެ ދީނީ ޢިލްމުވެރިން ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
އެމެރިކާގެ އުފެއްދުންތައް ބޭނުން ނުކުރަން އިންޑޮނޭސިއާގެ ދީނީ ޢިލްމުވެރިން ގޮވާލައްވައިފި
އެމެރިކާގެ އުފެއްދުންތަްއ ބޭނުން ނުކުރުމަށާއި ނުގަތުމަށް އިންޑޮނޭސިއާގެ ދީނީ ޢިލްމުވެރިން ގޮވާލައްވައިފިއެވެ.

އެމެރިކާގެ ރައީސް ޓްރަމްޕު ޖެރޫސަލަމްގެ މައްސަލައިގައި ނިންމާފައިވާ ނިންމުންތަކާއި ދެކޮޅަށް އިއްޔެ 80،000 މީހުން ކުރިއަށް ގެންދިއަ ބޮޑު މުޒާހަރާގެ ތެރެއިން އިސް ދީނީ ޢިލްމުވެރިއެއް ކަމަށްވާ އަންވަރު ޢައްބާސް ވިދާޅުވީ ޓްރަމްޕުގެ ނިންމުން ކުށްވެރިކުރުމަކުން ނުފުދޭ ކަމަށާއި އެކަން އަމަލުތަކުންވެސް ދައްކަންޖެހޭނެ ކަމަށެވެ. އެހެންކަމުން ޓްރަމްޕްގެ ނިންމުން އަނބުރާ ގެންދަންދެން އެއްވެސް މުސްލިމަކު އެމެރިކާގެ އެއްވެސް ނުގަތުމަށް ޤައުމުގެ ހުރިހާ ދީނީ ޢިލްމުވެރިންގެ ފަރާތްޕުޅުން ގޮވާލައްވާ ކަމަށެވެ.

އަންވަރު ވިދާޅުވީ އެމެރިކާގެ ނިންމުންތަކާއި ދެކޮޅުހެދުމަށް ކުރެވޭނެ އެންމެ ވަރުގަދަ ޖިހާދަކީ އެ ޤައުމުގެ މުދާ ނުގަތުން ކަމަށާއި މުސްލިމުން މިކަމުގައި އެއްބައިވަންތަވެއްޖެނަމަ އެމެރިކާއަށް އެދެވެނީ ވަރުގަަދަ "ހަމަލާ"އެއް ކަމަށެވެ.

ދީނީ އިލްމުވެރިންގެ ފަރާތްޕުޅުން މިކަމަށް ގޮވާލެއްވުމުން ފިހާރަތަކުން ެމެރިކާގެ އުފެއްދުންތައް ގަންނަ ފަރާތްތައް ބެލުމަށް ޢާންމު ރައްޔިތުންގެ ބައަކު ދަނީ ހަރަކާތްތެރިވަމުންނެވެ.

އިންޑޮނޭސިއާއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއް ނޫން ނަމަވެސް އަދަދުގެ ގޮތުން މުސްލިމުން އެންމެ ގިނައީ އިންޑޮނޭސިއާގައެވެ.

2010 ވަނަ އަހަރުގެ ތަފާސްހިސާބަށް ބަލާއިރު އިންޑޮނޭސިއާގައި މުސްލިމުންގެ އާބާދީަކީ 225 މިލިއަން އެވެ. މުޅި ޤައުމަށް ބަލައިފިނަމަ މުސްލިމުންގެ އާބާދީގެ ނިޞްބަތަކީ 87.2 އިންސައްތައެވެ.

މިއަދު އޮންލައިން