ސައުދީން ބަންދުކުރި ފަލަސްޠީނުގެ ބިލިއަނަރު ދޫކޮށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ސައުދީން ބަންދުކުރި ފަލަސްޠީނުގެ ބިލިއަނަރު ދޫކޮށްލައިފި
ސައުދިއަރަބިޔާގައި ބަންދުކުރި ފަލަސްޠީނުގެ ބިލިއަނަރު ޞަބާޙް އަލް މަސްރީ ދޫކޮށްލައިފިއއެވެ.

ސައުދީ އަދި އުރުދުންގެ ރައްޔިތެއްގެ ހައިޞިއްޔަތުގައި ދިރިއުޅޭ ބިލިއަނަރު ބުނީ އޭނާ ބަންދުކޮށްފައި ބެހެއްޓިއިރު މުޢާމަލާތުކުރީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި އޭނާ ބަންދުކުރީ ކޮރަޕްޝަނާއިބެހޭ ގޮތުން މައުލޫމާތު އޮޅުންފިލުވަން ކަމަށާއި އޭނާގެ މައްޗަށް ކުރާ އެއްވެސް ތުހުމަތެއް ނެތް ކަމަށެވެ.

އުމުރުން 80 އަހަރުގެ މަސްރީ އަކީ ފަލަސްޠީނުގެ އެންމެ މުއްސަނދި ޒާރާ އިންވެސްޓްމަންޓް ހޯލްޑިންގ ގެ ފައުންޑަރެވެ. ޢަރަބް ބޭންކުގެ ޗެއަރމަންއެވެ. އޭނާއަކީ ފަލަސްޠީނުގެ އެންމެ މުއްސަނދި މުނީބް އަލް މަސްރީގެ ދެބެންގެ ދެދަރި ކޮއްކޮއެކެވެ.

މިއަދު އޮންލައިން