ހިންދޫއިން އެންމެ ބިރު ގަންނަނީ އިންޑިއާގެ މެޖޯރިޓީ މުސްލިމުންނަށް ލިބިދާނެތީ

ކިޔުމަށް ހޭދަވާނީ 1މ 41ސ
ހިންދޫއިން އެންމެ ބިރު ގަންނަނީ އިންޑިއާގެ މެޖޯރިޓީ މުސްލިމުންނަށް ލިބިދާނެތީ
މިއަހަރަކީ އިންޑިއާގައި މުސްލިމުން އެކި ދުވަސްވަރު މަތިން ގަތުލު ކުރަމުންދާ އަހަރެކެވެ.

މާޗް މަހު ގުޖަރާތުގެ އަވަށެއްގައި ދިރިއުޅުނު މުސްލިމުންތަކަކަށް އަވައްޓެރި އަވަށެއްގެ ހިންދޫއިން ތަކެއް ވަނީ ހަމަލާ ދީފައެވެ. އެމީހުން ބުނިގޮތުގައި މުސްލިމުންވަނީ އެވަށުގެ ބައެއް މީހުން ގަދަކަމުން އިސްލާމްދީނަށް ވައްދާފައެވެ.

އެޤައުމުގެ ހިންދޫއިން ކަލާންގެއެއް ކަމަށް ޤަބޫލުކުރާ "ގެރިތައް" ސަލާމަތް ކުރުމުގެ ނަމުގައި، މިއަހަރުގެ އޭޕްރިލް މަހު ވެސް ވަނީ ވަރަށް ގިނަ މުސްލިމުން ގަތުލު ކޮށްފައެވެ. ރާޖަސްތާނުގެ މުސްލިމު ދަނޑުވެރިއެއް ކިރުފެލުމަށް ގެރިއެއް ގަތުމުން، ހިންދޫއިން ވަނީ އެމީހުންގެ ކަލާނގެ ވަގަށް ނެގީ ކަމަށް ބުނެ އެމުސްލިމު މީހާ ޒަޚަމް ކޮށްލާ މަރާލާފައެވެ.


އެހަމަލާއާއި ދެކޮޅަށް ބޮލީވުޑްގެ ބައެއް އެކްޓަރުންނާއި އެހެނިހެން ފަރާތްތަކުން ވަނީ އަޑު އުފުލާ #ނޮޓްއިންމައިނޭމް ގެ ނަމުގައި ކުރި ކެމްޕޭނުގައި ބައިވެރިވެފައެވެ. އޭގެ ތެރޭގައި ޕްރިޔާންކާ ޗޯޕްރާ، ރާހުލް ރޯއީ އަދި އާމިރު ޚާން ހިމެނެއެވެ.

ގެރިތަކެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި އައްސަމު ގައި މިއަހަރުގެ މެއި މަހު ވެސް ވަނީ ދެ މުސްލިމު ފިރިހެން ކުދިން ގަތުލު ކޮށްލާފައެވެ.

އެންމެ ފަހުން ހިންދޫއިން މުސްލިމުންނަށް ދިން ހަމަލާއަށް ބަލާލާއިރު، މިމަހުގެ ކުރީކޮޅު ރާޖަސްތާނުގެ ރައިޓް ވިންގު ގެ ހިންދޫއަކު ވަނީ މުސްލިމަކު މަރާލުމަށްފަހު އެމީހާ އަންދާލާފައެވެ. އެމުސްލިމު މީހާ ލޯބީގައި ޖިހާދު ކުރަނީ ކަމަށް ބުނެ ތުހުމަތުކޮށް، އަންދާލި ވީޑިއޯ ހިންދޫ މީހާ ވަނީ ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.

އޭނާގެ އެޢަމަލަށް އެއްބަޔަކު ތާއީދުކޮށްފައިވާއިރު، އަނެއް ބަޔަކު ވަނީ އެކަމާއި ދެކޮޅު ހަދާ މުޒާހަރާ ކޮށްފައެވެ.

އެހިންދޫ މީހާއާއި އެއްކޮޅަށް މަގުތައް މަތީގައި އަޑު އުފުލި މީހުން ބުނެފައިވަނީ އިންޑިއާގައި މެޖޯރިޓީ ހިންދޫއިންގެ އޮތް ނަމަވެސް މައިނޯރިޓީ އޮތީ މުސްލިމުންގެ ކަމަށާއި، ދުވަސްކޮޅަކުން މެޖޯރިޓީ މުސްލިމުންނަށް ލިބިދާނެތީ އެހެންވިޔަ ނުދޭނެ ކަމަށެވެ.
މިއަދު އޮންލައިން