ފިލިޕިންސަށް އެރި ކައި ޓެކް ތޫފާނުގައި ބިންގަނޑު ކެނޑި62 މީހުން މަރުވެއްޖެއެވެ. 23 މީހަކު ވަނީ ވީގޮތެއް ނުއެނގި ގެއްލިިފައެވެ.
މި ތޫފާން މިހާރުވަނީ 39 އަވަށަކަށް އަރައިފައެވެ. ތޫފާނުގެ ސަބަބުން މަގުތަކާއި ބްރިޖްތައް ވަނީ ހަލާކުވެފައެވެ.
ތޫފާނުގެ ސަބަބުން 87،700 ރައްޔިތުން ވަނީ ގެދޮރު ދޫކޮށް ސަލާމަތް ސަރަހައްދުތަކަށް ދާންޖެހިފައެވެ. ތޫފާނުގައި ހާލުގައި ޖެހުނު ބައެއް މީހުންނަށް ވަނީ އަވަށްތަކުން ނުނުކުމެވި ބަންދުވެފައެވެ.