ޔޫއޭއީގެ ބައެއް ނޫސްތަކުގައި މެދުނުކެނޑި ކްރިސްމަސް އިޝްތިހާރުކުރާތާ 3 ހަފްތާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ޔޫއޭއީގެ ބައެއް ނޫސްތަކުގައި މެދުނުކެނޑި ކްރިސްމަސް އިޝްތިހާރުކުރާތާ 3 ހަފްތާ!
ކްރިސްމަސް ނުވަތަ ކްރިސްމަސް ދުވަހަކީ މުސްލިމުންނާއި އެއްވެސް ގުޅުމެއް އޮތް ދުވަހެއް ނޫނެވެ. އެހެން ނަމަވެސް ޔޫއޭއީގެ ބައެއް ނޫސްތަކުގައި ކްރިސްމަސް އާއި ގުޅުވައިގެން ކޮންމެ ދުވަހަކު ފަލަސުރުޚީގައި ޚަބަރު ލިޔާތާ 3 ހަފްތާ ވެއްޖެއެވެ.

މިކަމާއި ގުޅިގެން ކަންބޮޑުވާ ބައެއް މީހުން ބުނަނީ އެހެން ދީންތަކުގެ މީހުން ފާހަގަކުރާ ދުވަސްތައް ފާހަގަކުރުމަކީ މުސްލިމުން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި އަދި ކޮށްގެންވާނެ ކަމެއްވެސް ނޫން ކަމަށެވެ.

ޔޫއޭއީގެ ނޫސްތަކުގައި ކްރިސްމަސް އިޝްތިހާރުކުރާތީ އެ ޤައުމުގެ ރައްޔިތުން ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. އެފަދަ މީހުން އުފައްދާ ސުވާލަކީ އެހެން ދީންތަކުގެ މީހުން މުސްލިމުން ފާހަގަކުރާ ދުވަސްތަކަށް އެއްވެސް ސަމާލުކަމެއް ނުދޭއިރު މުސްލިމުންނަށް މިއުޅެނީ ކިހިނެއް ވެގެންތޯއެވެ.
މިއަދު އޮންލައިން