މަޝްހޫރު ސެލިބްރިޓީ ޝެފް މާރިއޯ ބަތާލީއަށް ދާދިފަހުން ވަނީ އަންހެނުން ތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލަތަކެއް ފެންމަތިވެފައެވެ. މަސްތުގެ ހާލުގައި ހުރެ ކުރި މިކަންކަން ވަނީ ދުނިޔޭގެ ސަމާލުކަމަށް ގެނެސްފައެވެ.
މާރިއޯ ބުނީ އެއީ އެނާއަށް ކުރެވުނު ވަރަށް ނުބައި އަމަލުތަކެއް ކަމަށް ޤަބޫލުކުރާ ކަމަށެވެ. އަދި އެކަމަށްޓަކައި އޭނާގެ ސަޕޯޓަރުންނާއި ޢާއިލާގެ ފަރާތުން އަދި ހެޔޮ އެންމެންގެ ފަރާތުން މާފަށް އެދޭ ކަމަށެވެ.
މައާފަށް އެދުމާއިއެކު ސިނަމަން ރޯލްސް މުޅިން އައު ގޮތަކަށް ހަދާނު ގޮތް އޭނާވަނީ ބުނެދީފައެވެ. އޭނާ ބުނީ މިއީ ހެނދުނުގެ ނާސްތާއަކަށް ވަރަށް ރަނގަޅު ކެއުމެއް ކަމަށާއި އޭނާގެ މި ހަދިޔާ ޤަބޫލުކުރުމަށް އެދޭ ކަމަށެވެ.