އިންޑިއާގެ މުމްބާއީގެ ފިހާރައެއްގައި ރޯވެ، ހަތަރު މީހަކު މަރުވެއްޖެ

ކިޔުމަށް ހޭދަވާނީ 34ސ
އިންޑިއާގެ މުމްބާއީގެ ފިހާރައެއްގައި ރޯވެ، ހަތަރު މީހަކު މަރުވެއްޖެ
އިންޑިއާގެ މުމްބާއީގެ ސަކި ނަކާ ސަރަހައްދުގައި ހުންނަ ފިހާރައެއްގައި އަލިފާން ރޯވެ، އެ ހާދިސާގައި ހަތަރު މީހަކު މަރުވެއްޖެއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، އެ ފިހާރާގައި އަލިފާން ރޯވެފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ. އަދި ފިހާރާގައި އަލިފާން ރޯވިއިރު، ފިހާރާގައި މަސައްކަތްކުރާ ފަނަރަ މީހުން އެ ތަނުގެ ތެރޭގައި ނިދާފައިވާކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.

ރޯވެފައި އަލިފާންގަނޑު ނިއްވާލުމާއި އެތެރޭގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެގާރަ މީހުން އެ ތަނުގެ ތެރެއިން ރައްކާތެރިކަމާއެކު ބޭރަށް ނެރެފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އެހެން ނަމަވެސް، ހަތަރު މީހުން ވަނީ މަރުވެފައެވެ.

މިއަދު އޮންލައިން