ޖެރޫސަލަމް މައްސަލައިގަ އޯއައިސީގެ ވެރިންގެ ޚާއްޞަ ބައްދަލުވުމެއް މިމަހު 13 ގަ ބާއްވަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ޖެރޫސަލަމް މައްސަލައިގަ އޯއައިސީގެ ވެރިންގެ ޚާއްޞަ ބައްދަލުވުމެއް މިމަހު 13 ގަ ބާއްވަނީ
ފަަލަސްޠީނުގެ ޖެރޫސަލަމާއިމެދު އެމެރިކާގެ ރައީސް ޓްރަމްޕުގެ ނިންމުންތަކާއި ގުޅިގެން އުފެދިފައިވާ މައްސަލަތަކަށް މަޝްވަރާ ކުރުމަށް އޯއައިސީގެ އިސްވެރިންގެ ބައްދަލުވުމެއް މިމަހުގެ 13 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އޯއައިސީ އިން މިކަން އިއުލާނުކުރީ ޓްރަމްޕުގެ ނިންމުންތަކާއި ދެކޮޅަށް ކުރިއަށް ގެންދާ މުޒާހަރާތައް އިތުރުވަމުން އަންނަ ވަގުތެއްގައެވެ. އަދި އެ ނިންމުންތަކުގެ ސަބަބުން ޓެރަރިރިޒަމްގެ މައްސަލަތައް އިތުރުވެގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑުވަމުން އަންނާތީ ކަމަށް ބެލެވެއެވެ.

މުސްލިމުން ބުނަމުން ގެންދަނީ ޖެރޫސަލަމަކީ ފަލަސްޠީނުގެ ބިމެއް ކަމަށާއި އެ ބިން ދެމިއޮންނަން ޖެހޭނީވެސް މުސްލިމުންގެ ބިމެއްގެ ގޮތުގައި ކަމަށެވެ. މަސްޖިދުލްއަޤްޞާގެ ބާރުތައް މުސްލިމުންނަށް ގެއްލިގެން ހިނގައިދާނެ އެއްވެސް ކަމަކަށް ފުރުޞަތު ދީގެން ނުވާނެ ކަމަށެވެ.

މިއަދު އޮންލައިން