ގުޖްރާތާ ހިމާޗަލް ޕްރަދޭޝް އިން އެނގުނީ ސަރުކާރު ހިންގުން ރައްޔިތުން ބަލައިގަންނަކަން: މޯދީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 35ސ
ގުޖްރާތާ ހިމާޗަލް ޕްރަދޭޝް އިން އެނގުނީ ސަރުކާރު ހިންގުން ރައްޔިތުން ބަލައިގަންނަކަން: މޯދީ
ހިމާޗަލް ޕްރަދޭޝް އާއި ގުޖްރާތުގެ އެސެމްބްލީއަށް މެންބަރުން އިންތިޚާބުކުރުމަށް ބޭއްވި އިންތިޚާބުތައް ކާމިޔާބުކުރާނެ ކަމަށް ބެލެވެނީ ބީޖޭޕީއެވެ. ގުޖްރާތުގެ 192 ސީޓުގެ ތެރެއިން 103 ސީޓު މިހާރުވެސް ވަނީ ބީޖޭޕީއަށް ކާމިޔާބުކުރެވިފައެވެ. ކޮންގްރެސް އަށް ލިބިފައިވަނީ 72 ސީޓެވެ.

އިންތިޚާބާއި ގުޅިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ މި އިންތިޚާބުތަކުންވެސް އެނގިގެން މިދަނީ ސަރުކާރުގެ ހެޔޮވެރިކަން ރައްޔިތުން ބަލައިގަންނަކަން ކަމަށެވެ.

މޯދީ ވިދާޅުވީ ސަރަހައްދުތައް ތަރައްޤީކުރެވެން އޮތީ އެކަމަށްޓަކައި އެންމެން މަސައްކަތް ކޮށްގެން ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން އިޚްލާޞްތެރިކަމާއިއެކު މަސައްކަތް ކުރަމުން ގެންދަނީ ޤައުމު އެކުގައި ތަރައްޤީ ކުރަން ކަމަށެވެ.
މިއަދު އޮންލައިން