ކުރިންވެސް ޤަބޫލުކުރެވިފައި އޮތް ފަދައިން ފަލަސްޠީނުގެ ޖެރޫސަލަމާއިމެދު އެމެރިކާއިން ނިންމުންތަކާއި ދެކޮޅަށް މިޞުރުން އދގެ ސެކިޔުރިޓީ ކައުންސިލަށް ހުށަހެޅި ޤަރާރް އެމެރިކާއިން ވީޓޯ ކޮށްފިއެވެ.
މިހާރު މަސައްކަތްކުރަމުން ގެންދަނީ މައްސަލަ އދ ގެ ޖެނެރަލް އެސެމްބްލީގައި ތާވަލުކުރުމަށް ކަމަށެވެ.
އެމެރިކާއަކީ ވީޓޯ ކުރުމުގެ ބާރުލިބިފައިވާ ޤައުމަކަށްވާތީ ޤަރާރު ވީޓޯ ކުރާނެކަމަށް އެމެރިކާއިން ވަނީ ވޯޓުގެ ގަޑިއެއްގެއިރުކުރިން ބުނެފައެވެ. އެކަން އިއުލާނުކުރަންޖެހުނީ ބޮޑު އެއްވެސް ބާރަކުން އެމެރިކާއަށް ތާއީދުނުކުރަން ނިންމުމުންނެވެ.
ޑިމޮކްރަސީގެ އުޞޫލުތަކާއި ޚިލާފަށް އދ ގެ ސެކިޔުރިޓީ ކައުންސިލުން ބޭނުންކުރާ ވީޓޯ ކުރުމުގެ ބާރު އުވާލަން ކުރެވޭ މަސައްކަތްތަކަށްވެސް އެމެރިކާއިން ގެންދަނީ ހުރަސް އަޅަމުންނެވެ.