ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް މާދަމާގެ ވަގުތެއްގައި ސައުދިއަރަބިޔާއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.
މިދަތުރުފުޅާއި ބެހޭގޮތުން މާބޮޑު ތަފްޞީލްތަކެއް އަދި ހާމައެއް ނުކުރެއެވެ. ހަމައެކަނި ބުނެފައިވަނީ މިދަތުރުފުޅުގައި ސަލްމާން ރަސްގެފާނާއި އަދި ވަލީ އަހުދު މުޙައްމަދު ސަލްމާން އާއި މަޙްމޫދު ޢައްބާސް ބައްދަލުކުރައްވަވާނެ ކަމަށެވެ.
ޖެރޫސަލަމްގެ މައްސަލައިގައި މަޝްވަރާކުރުމަށް އޯއައިސީގެ އިސްވެރިންގެ ބައްދަލުވުމެއް މިމަހުގެ 13 ވަނަ ދުވަހު ބާއްވާނެކަން އޯއައިސީ އިން މިއަދު ވަނީ އިޢުލާނުކޮށްފައެވެ.