ނުކުޅެދުންތެރިއަކަށް އެހީތެރިވި ޑްރައިވަރަކަަށް އިނާމާ އެވޯޑް ދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ނުކުޅެދުންތެރިއަކަށް އެހީތެރިވި ޑްރައިވަރަކަަށް އިނާމާ އެވޯޑް ދީފި
ނުކުޅެދުންތެރިކަން ހުރި މީހަކަށް އެހީތެރިވި ޓެކްސީ ޑްރައިވަރަކަށް ދުބާއީ ޓްރާންސްޕޯޓް އޮތޯރިޓީން އިނާމާއި އެވޯޑް ދީފިއެެވެ.

އޭނާއަށް އިނާމާއި އެވޯޑް ދިނީ މަގުމަތިން ވީލް ޗެއަރއެއްގައި ގެންދިއަ މީހަކު ފެނިގެން ޓެކްސީ ހުއްޓައި އޭނާ އުފުލާލައިގެން ގެނެސް ކާރަށް އަރުވައި ގޮނޑި ގެނެސް ކާރަށް އަރުވަން އޭނާގެ މަންމައަށް އެހީތެރިވެދިން ވީޑިއޯ އެއް ޢާންމުވުމުންނެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ ދުބާއީއަކީ އެންމެ އޯގާތެރި ޤައުމުކަމަށް ހެދުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމްތަކަށް މިފަދަ އަމަލުތަކުން އިތުރު ކުރިއެރުން ލިބޭ ކަމަށެވެ. އޯގާތެރިކަން ޢާންމުވާނީ ޤައުމުގެ އެންމެންވެސް އޯގާތެރިވެގެން ކަމަށެވެ.

މިއަދު އޮންލައިން