ޖަޕާނުގަ ދެ މީހަކަށް މަރުގެ އަދަބު ދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ޖަޕާނުގަ ދެ މީހަކަށް މަރުގެ އަދަބު ދީފި
މަރުގެ ޙުކުމް ތަންފީޒުކުރުމަށް ޖަޕާނުގައި ދެމީހަކު ދަންޖައްސައި މަރައިފިއެވެ.

މިސަރުކާރުގެ ވރިކަމުގައި މަރުގެ އަދަބު ދިން މީހުންގެ އަދަދު މިހާރު ވަނީ 21 އަރައިފައެވެ.

މަރުގެ އަދަބު ދިން މީހުންގެ ތެރޭގައި އުމުރުން 19 އަަހަރުގައި 4 މީހުން މެރި މީހަކު ހިމެނެއެވެ. އޭނާއަށް މަރުގެ އަދަބު ދިނީ ުމުރުން 44 އަަހަރުގައެވެ.

ޖަޕާނުގައި ބޮޑު މީހެއް ކަމަށް ބަލަނީ 20 އަހަރު ފުރުމުންނެވެ. އެހެންވެ އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ އެނާއަށް މަރުގެ އަދަބު ނުދިނުމަށް ތަކުރާރުކޮށް ގޮވާލައިފައެވެ.

އިއްޔެ މަރުގެ އަދަބު ދިން މީހުންގެ ތެރޭގައި އުމުރުން 69 އަހަރުގެ މީހަކުވެސް ހިމެނެއެވެ. އޭނާއަށް މަރުގެ އަދަބު ދިނީ 1994 ވަނަ އަަހަރު އޭނާގެ ލޯބިވެރިޔާ މަރައިލުމުގެ ކުށުގައެވެ.

ޖަސްޓިސް މިނިސްޓަރު ވިދާޅުވީ އެ ދެ މީހުން މެރުމުގެ ހުއްދަ ދެއްވީ ވަރަށް ބޮޑަށް ބެއްލެވުމަށް ފަހުގައި ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު 2 މުޖުރިމުން ކަމަށެވެ.

މިއަދު އޮންލައިން