ޗައިނާގައި ކެމިކަލް ރައްކާކޮށްފައިހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެއެވެ.
މިއަދު ހެނދުނު ހިނގި މި ހާދިސާގައި 7 މީހުން ވަނީ މަރުވެފައެވެ. އަދި 4 މީހަކަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.
އެ ގުދަނުގައި ހިފާފައިވާ އަލިފާންގަނޑު މިހާރު ކޮންޓްރޯލު ކޮށްފައިވާ އިރު، އަލިފާން ނިއްވާ މީހުންނާއި ސިއްހީ ފުރަތަމަ އެހީދޭ މީހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ވެއިފެންގ ސިޓީގައި ކެމިކަލް ރައްކާކޮށްފައި ހުންނަ މި ގުދަނުގައި ހިނގި ހާދިސާ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.