ގުޖްރާތުގެ އެސެމްބްލީއަށް މެންބަރުން ހޮވަން އިއްޔެ ބޭއްވި އިންތިޚާބުގެ ނަތީޖާއިން އެނގިގެން ދިއައީ ވެރިކަމުގެ ބާރާއި ފައިސާ އިން ރައްޔިތުންގެ ލޯބި ނުގަނެވޭނެކަން ކަމަށް ކޮންގްރެސް ލީޑަރު ރާހުލް ގާނދީ ވިދާޅުވެއްޖެއެވެ.
"ކިތަންމެ ބޮޑު ރުޅިވެރިކަމަކާ އަދި ފައިސާ ހިފައިގެން މީހަކު ވާދަކުރި ނަމަވެސް ރައްޔިތުންނަށް ދޭ ލޯބިން ނަތީޖާ ބަދލުކުރެވޭނެކަން އެނގިގެން މިދިއައީ." ރާހުލް ވިދާޅުވެފައިވެއެވެ.
ރަސްމީ ނަތީޖާ ދެއްކި ގޮތުން ބީޖޭޕީއަށް ލިބުނީ އެސެމްބްލީގެ 182 ގޮނޑީގެ ތެރެއިން 99 ގޮނޑިއެވެ. ކޮންގްރެސްއަށް ލިބުނީ 80 އެވެ.
ގުޖްރާތުގައި ބީޖޭޕީ އިން ވަނީ ބޮޑެތި ހޭދަތައްކޮށްގެން ބިޔަ ރެލީތައް ބާއްވައިފައެވެ. 37 ރެލީގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގެންނެވިއެވެ. އެހެންަކމާއިއެކުވެސް 100 ގޮނޑިވެސް ހަަމަނުވުމަކީ މައްސަލައެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.