ހިމާޗަލް ޕްރަދޭޝްގެ ކުރީގެ ޗީފް މިނިސްޓަރުގެ ގޮނޑި ގެއްލުމުން "މަގޭ ގޮނޑި" ދޭން ހުށަހަޅައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ހިމާޗަލް ޕްރަދޭޝްގެ ކުރީގެ ޗީފް މިނިސްޓަރުގެ ގޮނޑި ގެއްލުމުން "މަގޭ ގޮނޑި" ދޭން ހުށަހަޅައިފި
އިއްޔެ ހިމާޗަލް ޕްރަދޭޝްގެ އެސެމްބްލީ އިންތިޚާބުގައި ވަނީ ހިމާޗަލް ޕްރަދޭޝްގެ ކުރީގެ ޗީފް މިނިސްޓަރު ޕްރޭމް ކުމާރު ދުމާލަށް އޭނާ ވާދަކުރި ގޮނޑި ގެއްލިފައެވެ. އެހެންކަމުން އިންތިޚާބުވި ވިރެންދުރަ ކުމާރު ވަނީ އޭނާގެ ގޮނޑި ދުމާލަށް ދިނުމަށް ހުށަހަޅައިފައެވެ.

ދުމާލް ވަނީ 30 ޑިސެމްބަރު 2007 އިން 25 ޑިސެމްބަރ 2012 އަށް ޗީފް މިނިސްޓަރުކަން ކުރައްވައިފައެވެ. ބީޖޭޕީން ދުމާލަށް ޗީފް މިނިސްޓަރުކަން ދޭން ބޭނުންވެއެވެ. އެއީ ބީޖޭޕީން ގެންގުޅޭ ސިޔާސީ ހަރަކާތްތަކުން ރިޓަޔަރ ކުރުމުގެ އުމުރު (75 އަހަރު) ހަމަވާން މިހާރު އެންމެ 2 އަހަރަށް ކައިރިވެފައި އޮތުމުންނެވެ.

ޔޫނިއަން ހެލްތް މިނިސްޓަރު ޖޭޕީ ނައްދާ އާއި ޕާޓީގެ ނުފޫޒު ގަދަ ބައެއް މެންބަރުންވެސް ގެންދަނީ ޗީފް މިނިސްޓަރުކަމަށް ފައިނަގަމުންނެވެ.

ޗީފް މިނިސްޓަރު ކަމަކީ އިންޑިއާގެ ސްޓޭޓްތަކުގެ އެންމެ އިސް މަޤާމު ކަމަށްވުމުން އެންމެންވެސް އެ މަޤާމު ބޭނުންވެއެވެ.
މިއަދު އޮންލައިން