އިންޑިއާގެ ޗެންނާއީ އިން މެލޭސިޔާއަށް ފޮނުވަން އުޅުނު 8.84 ކުރޯޑް ރުޕީސްގެ ޕާޓީ ޑްރަގް އުފައްދާ ކެމިކަލް އަތުލައިގެންފި އެވެ.
ރިޕޯޓްތައް ބުނާގޮތުން މި ތަކެތި އަތުލައިގަތީ ޗެންނާއީ ޕޯޓެއްގައި ހުރި ކޮންޓޭއިނަރެއް ބަލައިފާސްކުރުމުގެ ތެރޭގައެވެ. ބަލައިފާސްކުރީ މިފަދަ ޝިޕްމަންޓެއް މެލޭސިޔާއަށް ފޮނުވަން އުޅޭކަމަށް ލިބުނު ރިޕޯޓަކާއި ގުޅިގެންނެވެ.
މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ފިލާފައިވާތީ އެމިހާ ހޯދުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުންނެވެ.