އެހެން ދަރިވަރުންގެ އަޚްލާޤަށްޓަކައި ފިޔަވަޅުއެޅުމުގެ ގޮތުން މާގިނައިރު "ބައްދައިގެން" ހުރި ދަރިވަރަކު މުއްދަތެއް ނެތް ގޮތަށް އަދި އިމްތިހާނުގައިވެސް ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑްކޮށްފިއެވެ.
ޓްރިވެންޑްރަމުގެ ސެންޓް ތޯމަސް ސްކޫލްގެ ޕްރިންސިޕަލް ބުނީ އަންހެން ދަރިވަރެއްގެ ގައިގައި ބައްދައިގެން މާގިނައިރު ސިޑިބުޑުގައި ހުރުމަކީ އެހެން ދަރިވަރުންނަށް އޮތް ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. "އެއީ ކާމިޔާބަކާއި ގުޅިގެން ބައްދައިލި ބައްދައިލުމެއް ނަމަ ،2 3 ސިކުންތު ތެރޭގައި އެކަން ނިމޭނެ."
ޕްރިންސިޕަލް ވިދާޅުވީ ދެ ދަރިވަރުން ބައްދައިގެން ތިބީވެސް އެކަހެރި ސަރަހައްދެއްގައި ކަމަށެވެ. އަދި މިފަދަ ބެއްދުންތަކަށް ފުރުޞަތު ނުދޭނެ ކަމަށެވެ. "އެތަން ފެނިގެން ޓީޗަރަކު އަޑުގަދަކުރުމުން ދެ ކުދިން ދުރުވީ." ޕްރިންސިޕަލް ސެބާސްޓިއަން ޓީ. ޖޯސެފް ބުނެފައިވެއެވެ.
ޕްރިންސިޕަލް ވިދާޅުވީ ދެ ކުދިން ތަފާތު ގޮތްގޮތަށް ނަގާފައިވާ ފޮޓޯތައް އިންސްޓަގްރާމަށް ލުމުން އެތައް ސަތޭކަ ދަރިވަރުން "ލައިކް"ކޮށްފައި އެބހުރިކަމަށާއި އެފަދަ ކަންކަމަށް ސްކޫލުން ހިތްވަރު ނުދޭނެ ކަމަށެވެ.
ދަރިވަރު ބުނެފައިވަނީ ފޮޓޯތައް ހާމަކުރީ ބައަކު އޭނާގެ އަމިއްލަ އެކައުންޓުން ނަގައިގެން ކަމަށާއި އޭނާއަށް ހަޑިހުތުރު އެއްޗެތިވެސް ގޮވައި ލަދުގަންނަވާލާފައިވެސް ވާކަމަށެވެ.
މިކަންކަމަކީ ހަމަ މި ރާއްޖޭގައި ވެސް ހިނގަމުން އަންނަ ކަންކަމެވެ. ވިސްނައި ފިޔަވަޅުއަޅަންޖެހިފައިވާ ކަންކަމެވެ. އެހެން ދަރިވަރުންގެ ސަލާމަތަށްޓަކައިވެސް ކުރަންޖެހޭ ކަންކަމެވެ.
ހުކުރު މިސްކިތު ގޯތި ތެރެއިން ދަރިވަރުން ފެންނަނީ މިފަދަ ކަންކަމާއި އަޅައިނުލެވޭތީކަމަށް ގިނަބައަކު ބުނެއެވެ.