އިނގިރޭސީންގެ އެންމެ އަގުބޮޑު މަތިންދާ ބޯޓު އުފުލާ މަނަވަރުން ލީކްވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 35ސ
އިނގިރޭސީންގެ އެންމެ އަގުބޮޑު މަތިންދާ ބޯޓު އުފުލާ މަނަވަރުން ލީކްވެއްޖެ
4.2 ބިލިއަން ޑޮލަރުގެ އަގުހުރި، އިނގިރޭސިވިލާތުގެ އެންމެ އަގުބޮޑު މަތިންދާ ބޯޓު އުފުލާ މަނަވަރުން ލީކްވެއްޖެއެވެ. ބެލެވޭގޮތުން ލީކްވާންފެށީ މައި ޝާފްޓްގެ ބުޑުންނެވެ.

ޑިފެންސް މިނިސްޓްރީން ބުނީ އެޗްއެމްއެސް ކްއީން އެލިޒަބެތުގެ ނަމުން ނަން ދީފައިވާ 65،000 ޓަނުގެ މި ބޮޑު މަނަވަރު ޕޯޓްސްމައުތުގައި ބަނދަރުކޮށް މަރާމާތުކުރަން ހަަމަޖެހިފައިވާ ކަމަށެވެ.

ނޭވީގެ އޮފިޝަލަކު ބުނީ ލީކްވި ނަމަވެސް ދަތުރުކުރެވޭނެ ކަމަށާއި މިހާރުވެސް ވަނީ ދަތުރެއްގައި ކަމަށެވެ.

މި މަނަވަރު ރަސްމީ ގޮތުން ކްއީން އެލިޒަބެތް ކޮމިޝަން ދެއްވީ ދާދިފަހުންނެވެ. މަރާމާތުގެ ޚަރަދުތައް ކުރަންޖެހޭނީ މަނަވަރު ބަން ކުންފުނިތަކުން ކަމަށްވެސް އޮފިޝަލް ބުނެފައިވެއެވެ.
މިއަދު އޮންލައިން