އުމައިރު ނިއުއަށް ސޮއިކޮށްފި

ކިޔުމަށް ހޭދަވާނީ 1މ
އުމައިރު ނިއުއަށް ސޮއިކޮށްފި
ފާއުތުވި ތިން ސީޒަންގައި މާޒިޔާ ސްޕޯޓްސް ކްލަބް އެންޑް ރެކްރިއޭޝަންއަށް ކުޅުނު މިޑްފިލްޑަރު މުހައްމަދު އުމައިރު އަލުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްއަށް ސޮއިކޮށްފިއެވެ.

މިޑްފިލްޑަރު އުމައިރު ވަނީ އޭނާގެ ކެރިއަރުގައި ޑިފެންޑަރު އަދި ސްޓައިކަރެއްގެ މަޤާމުގައި ވެސް ކުޅެ ނިއުއާއެކު ގިނަ ކާމިޔާބީތަކެއް ވެސް ހޯދައިފައެވެ. އަދި އޭނާ ނިއުއަށް ކުޅެދީފައިވާ ހުރިހާ އަހަރަކު ވެސް ވަނީ ނިއުއާއެކު ދިވެހި ލީގު ކާމިޔާބުކޮށްފައެވެ.

2013 ވަނަ އަހަރުން 2015 ވަނަ އަހަރަށް ނިއުއަށް ކުޅެދީފައިވާ އުމައިރު އަލުން އެ ޓީމަށް ސޮއިކުރެއްވުމަށްފަހު ބުނެފައިވަނީ ނިއުއާ އަލުން ގުޅުނީ ނިއުގެ ފަރާތުން ރަނގަޅު ހުށައެޅުމެއް ލިބިފައިވާތީކަމަށާއި އަދި ނިއުގެ މިހާރުގެ ކޯޗުގެ ރޭވުންތަކާ މެދު ވެސް ވަރަށް ބޮޑަށް ހިތްހަމަޖެހޭތީކަމަށެވެ.

މި ސީޒަންގައި ނިއުއިން ވަނީ ޢަލީ ފާސިރު (ސެންޓޭ) އާއެކު ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި ޑިފެންޑަރު އަކުރަމް ޢަބްދުލްޣަނީއާއެކު ވެސް ވަނީ އަންނަ އަހަރުގެ ނިޔަލަށް އެއްބަސްވުން އާކޮށްފައެވެ. އޭގެ އިތުރުން ނިއުގެ ކޯޗު އޮސްކާ ބްރުޒޯން ބަހައްޓަން ވެސް ނިއުއިން ވަނީ ނިންމައިފައެވެ.



މިއަދު އޮންލައިން