ލޯފަން މީހުންގެ ބްލައިންޑް ފުޓްބޯލް އޭޝިއަން ޗެމްޕިއަންޝިޕް ޗައިނާއިން ކާމިޔާބުކޮށްފި

ކިޔުމަށް ހޭދަވާނީ 48ސ
ލޯފަން މީހުންގެ ބްލައިންޑް ފުޓްބޯލް އޭޝިއަން ޗެމްޕިއަންޝިޕް ޗައިނާއިން ކާމިޔާބުކޮށްފި
އިންޓަނޭޝަނަލް ބްލައިންޑް ސްޕޯޓްސް އެސޯސިއޭޝަން (އައިބީއެސްއޭ) އިން ލޯފަން މީހުންނަށް ޚާއްޞަކޮށްގެން ބާއްވާ ބްލައިންޑް ފުޓްބޯލް އޭޝިއަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ޗައިނާއިން ކާމިޔާބުކޮށްފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ޗައިނާއިން ހޯދީ ފައިނަލުގައި ފަހުގެ ޗެމްޕިއަން އިރާން ބަލިކޮށްގެންނެވެ. މެލޭޝިއާގެ ކުއާލާ ލަމްޕޫރުގައި ކުރިއަށްދިޔަ މުބާރާތުގެ ފައިނަލް މެޗުން ޗައިނާ މޮޅުވީ 1-2 ގެ ނަތީޖާއިންނެވެ.

މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި ހަތަރު ޓީމުކަމަށްވާ ޗައިނާ، އިރާން، ތައިލެންޑް، އަދި ދެކުނު ކޮރެއާއަށް އަންނަ އަހަރު ސްޕެއިންގައި ކުޅޭ އައިބީއެސްއޭ ބްލައިންޑް ފުޓްބޯލް ވޯލްޑް ޗެމްޕިއަންޝިޕްއުން ޖާގައެއް ކަށަވަރުވީއެވެ.

އައިބީއެސްއޭއަކީ ލޯފަން މީހުންނަށް ޚާއްޞަކޮށްގެން ކުޅިވަރުގެ އެކި ހަރަކާތްތައް ކުރިއަށްގެންދާ ބައިނަލްއަޤްވާމީ ޖަމްއިއްޔާއެކެވެ.
މިއަދު އޮންލައިން