ދިވެހި ފިލްމު އެވޯޑްސް ދިނުމުގެ ޚަފްލާގައި، ގިނައީ ހުސް ގޮނޑި!

ކިޔުމަށް ހޭދަވާނީ 47ސ
ދިވެހި ފިލްމު އެވޯޑްސް ދިނުމުގެ ޚަފްލާގައި، ގިނައީ ހުސް ގޮނޑި!
މިއަހަރުގެ ދިވެހި ފިލްމު އެވޯޑްސް އޮލިމްޕަހުގައި ފެށިގެން ކުރިއަށްދާއިރު، ޚަފްލާގައި ގިނައީ ހުސް ގޮނޑިތައްކަން ފާހަގަ ކުރެވެއެވެ.

ދިރާގު ޓީވީ ޕްރެޒެންޓްސް "ދިވެހި ފިލްމު އެވޯޑްސް 8" ގެ ނޮމިނޭޝަންސް އާންމު ކުރި ރެއިން ފެށިގެން މިއަދާއި ހަމައަށް، މިއަހަރުގެ މިޚަފްލާއަށް ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެފައިވެއެވެ.



އެގޮތުން ނޮމިނޭޓުވުން ޙައްޤު ފަރާތްތަކަކާއި ފިލްމުތަކެއް ހިމެނިފައި ނުވާކަމާއި މިރޭގެ މިޚަފްލާއަށް ބައެއް ފަރާތްތަކަށް ދައުވަތު އެރުވިފައި ނުވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މިރޭގެ މިޚަފްލާ ޝަރަފުވެރި ކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް އެވެ.



ޚަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވެފައިވަނީ އަޅުގަނޑުމެންގެ ދިވެހި ރާއްޖޭގައި އުފައްދާ ފިލްމުތަކަކީ ދިވެހި ސަޤާފަތާއި ގުޅޭ ފިލްމުތަކެއް ކަމުގައިވުމީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
މިއަދު އޮންލައިން