ފޯނުން މޫވީ ކުރާތީ އަނިޔާކުރަން ފެށުމުން ޔަހޫދީ ސިފައިންގެ މީހެއްގެ މޫނުމަތީގާ ޖެހި އަންހެން ކުއްޖަކު ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ފޯނުން މޫވީ ކުރާތީ އަނިޔާކުރަން ފެށުމުން ޔަހޫދީ ސިފައިންގެ މީހެއްގެ މޫނުމަތީގާ ޖެހި އަންހެން ކުއްޖަކު ހައްޔަރުކޮށްފި
ފޯނުން މޫވީ ކުރާތީ ބޫޓުން ޖަހައި އަނިޔާކުރަން ފެށުމުން ޔަހޫދީ ސިފައިންގެ މީހެއްގެ މޫނުމަތީގާ ޖެހި ފަލަސްޠީނުގެ 17 އަހަރުގެ އަންހެން ކުއްޖަކު ޔަހޫދީ ސިފައިން ހައްޔަރުކޮށްފި އެވެ.

އޭނާ ހައްޔަރުކުރީ ގޭގައި އުޅެނިކޮށް މިއަދު ހެނދުނުއެވެ.

އޭނާގެ ބައްޕަ ބުނީ ސިފައިން ވަދެ ގޭގައި ހުރި ފޯނުތަކާއި ކޮމްޕިޔުޓަރުތައްވެސް ގެންދިއަ ކަމަށެވެ. އަދި ހައްޔަރުކުރި ސަބަބެއްވެސް ނުބުނާ ކަމަށެވެ.

މިހާދިސާ ހިނގާފައިވަނީ މިދިއަ ހުކުރު ދުވަހު ހިންގި ހަމަނުޖެހުންތަކުގައެވެ. އިޒްރޭލު ސިފައިންގެ ސަމާލުކަމަށް އައީ މަންޒަރުތައް ފެންނަ ވީޑިއޯއެއް ހާމަކުރުމުންނެވެ. ވީޑިއޯ ހާމަކުރީ ޔަހޫދީ ސިފައިންެގެ އަނިޔާވެރިކަމާއި ފަލަސްޠީނު ޒުވާނުންނާއި ކުޑަކުދިންގެ ހިތްވަރު އަންގައިދިނުމަށެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި މަންޒަރުތައް މޫވީ ކުރި 2 އަންހެން ކުއްޖަކަށް ޔަހޫދީ ސިފައިން ވަނީ އަނިޔާކޮށްފައެވެ.
މިއަދު އޮންލައިން