އަންނަ ރިޔާސީ އިންތިޚާބުގައި މިޞުރުގެ މިހާރުގެ ރައީސް އަލްސިސީ އާއި ވާދަކުރާނެ ކަމަށް ބުނި ސިފައިންގެ އޮފިސަރަކަށް 6 އަހަރުގެ ޖަލު ޙުކުމެއް މިލިޓަރީ ކޯޓަކުން އިއްވައިފިއެވެ.
ކާނަލް އަހްމަދު ކޮންސޯވާގެ މައްޗަށް ޙުކުމް އިއްވީ ސިފައިންގެ ޤާނޫނާއި ޚިލާފަށް ސިޔާސީވެ އަދި އެހެން މީހުން ސިޔާސީ ކުރުވަން އުޅުނު ކަމުގެ ކުށުގައެވެ. އަހްމަދު ވަނީ މި މަހުގެ 2 ވަނަ ދުވަހު ކުރިއަށް އޮތް ރިޔާސީ އިންތިކާބުގައި އަލްސިސީ ވާދަކުރާނެކަމަށް ބުނެފައެވެ.
އޭނާގެ ވަކީލް ބުނީ މިހުކުމް އިސްތިއުުނާފް ކުރެވިދާނެ ކަމަށެވެ. އަލްސިސީ ގެންދަނީ އޭނާ އާއި ވާދަކޮށްފާނެ ކަމަށް ބެލެވޭ އެންމެންނަށް އަދަބުދެމުންނެވެ. އަލްސިސީ ބުނެފައިވަނީ ކުރިއަށް އޮތް ދައުރަށް ހޮވެން ބޭނުން ކަމަށާއި އެ ދައުރަށްފަހު ވެރިކަން ބޭނުން ނޫން ކަމަށެވެ.
އަލްސިސީ ވެރިކަމަށް އައީވެސް އަސްކަރީ ބާރުގެ ބޭނުންކޮށްގެންނެވެ.