ޕާކިސްތާނުން ޗައިނާ އާއިއެކު ކުރާ ވިޔަފާރިތަކުގައި ޑޮލަރުގެ ބަދަލުގައި ޗައިނީޒް ޔުއާން ބޭނުން ކުރަން ނިންމައި އެކަމުގެ މަޝްވަރާތައް ފަށައިފިއެވެ.
ޕާކިސްތާނުގެ ހޯމް މިނިސްޓަރު އަހްސަން އިޤްބާލް ވިދާޅުވީ މި ބަދަލު ގެނައުމަށްޓަކައި މިހާރު ހުރި އެގްރިމަންޓްތަކަށް ބަދަލު ގެނައުމަށް މަޝްވަރާތައް ފަށާފައިވާ ކަމަށެވެ.
2015 އިން 2016 އަށް ޕާކިސްތާނާއި ޗައިނާގެ މެދުގައިވަނީ 13.8 ބިލިއަން ޑޮލަރުގެ ވިޔަފާރި ކޮށްފައެވެ. އެ އަދަދު މިއަހަރު އިތުރުވާނެކަމަށް ވެސް ވަނީ ބެލެވިފައެވެ.