ޗައިނާގައި ސިއްހީ ޚިދުމަތަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭން ޑްރޯން ބޭނުންކުރަން ފެށުމަށް ނިންމާ، ޓެސްޓު ދަތުތައް ފަށައިފިއެވެ.
އެގޮތުން 1400 މީޓަރު އުހަށް ޑްރޯންގައި ސިއްހީ ސާމާނު ފޯރުކޮށްދީފައިވާ އިރު، އެ ޤައުމުގެ ނޫސްތަކުން ބުނެފައިވަނީ އެ ދަތުރުތައް ވަރަށް ކާމިޔާބު ކަމަށެވެ. އަދި މިއީ ޓެސްޓު ދަތުރުތަކެއް ނަމަވެސް ޑްރޯންގައި އެހީ ފޯރުކޮށްދީފައިވަނީ ހާލުގައި ޖެހި، އެހީއަށް ބޭނުންވެފައިތިބި މީހުންނަށް ކަމަށެވެ.
ޗައިނާގެ ނޫސްތަކުން ބުނެފައިވަނީ ކާމިޔާބުކަމާއެކު އުދުއްސާލެވުނު މި ޑްރޯންގެ ސަބަބުން ތަފާތު އެކު ހާދިސާތަކުގައި ހާލުގައިޖެހުފައި، އެކި ތަންތަނުގައި ތިބި މީހުންނަށް ސިއްހީ އެހީ ފޯރުކޮށްދިނުމަށް ގިނަ ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.