އެއަރ ޗައިނާގެ ދަތުރުތައް އަންނަ އަހަރު ޕެނަމާއަށް ފަށަން ނިންމާފައިވާކަމަށް އެ ދެ ޤައުމުގެ އޮފިޝަލުން ހާމަކޮށްފިއެވެ.
އެހެންނަމަވެސް ދަތުރުތައް ފަށާނެ ވަކި ތާރީޚެއް އަދިހާމައެއް ނުކުރެއެވެ. ދެ ޤައުމުގެ އޮފިޝަލުންވެސް ބުނެފައިވަނީ އަންނަ އަހަރު ދަތުރުތައް ފަށާނެ ކަމަށެވެ. އަދި މިއީ ކަނެކްޓިންގ ފްލައިޓްތަކެއް ކަމަށެވެ.
އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ ދެ ޤައުމުގެ އޭވިއޭޝަނުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ޝެޑިއުލްގެ މަސައްކަތް ކަމަށެވެ.
އެއަރ ޗައިނާއަކީ ދުނިޔޭގެ 38 ޤައުމެއްގެ 180 ސިޓީއަށް ދަތުރުކުރަމުންދާ ފްލައިޓެކެވެ.