ސާފުނުކުރާ ތެޔޮ ފިފާއެއްގެ އަގު 63 ޑޮލަރަށް އަރައިފިއެވެ. މިއީ ފާއިތުވި 2 އަހަރަށް ބަލާއިރު ރެކޯޑް އަދަދެކެވެ. އަދިވެސް ދާނީ އަގު އުފުލެމުން ކަމަށް ބެލެވެއެވެ.
އެކަމުގެ ސަބަބުން އަންނަ އަހަރުގެ ސައުދިއަރަބިޔާގެ ބަޖެޓަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެ ޤައުމުން ދަނީ ބުނަމުންނެވެ. ތެޔޮ އުފައްދާ އެހެން ޤައުމުތަކުންވެސް ގެންދަނީ މިފައިދާ ހޯދަމުންނެވެ.
ސައުދިއަރަބިޔާއިން ބުނެފައިވަނީ އަންނަ އަހަރު ވެސް ތެޔޮ އުފައްދާ މިންވަރު މަދުކުރާނެ ކަމަށެވެ. އެހެން ޤައުމުތަކަށް އެއްބާރުލުން ދޭނެ ކަމަށެވެ. ހަމަ އެއާއިއެކު ބުނަމުން ގެންދަނީ ސައުދިއަރަބިޔާއަކީ ތެލަށް ބަރޯސާވެގެން އޮންނާނެ ޤައުމެއް ނޫން ކަމަށެވެ. އިންވެސްޓްމަންޓްތަކަށް ވަނީ ހުޅުވާލާފައި ކަމަށެވެ.
މިހައިތަނަށް ފެންނަ ގޮތުން އަންނަ އަހަރު ތެލުގެ އަގުތައް އިތުރަށް އުފުލޭނެއެވެ. ނަމަވެސް އޯޕެކުން ބުނެފައިވަނީ 60 ޑޮލަރާއި 62 ޑޮލަރާއި ދެމެދުގައި ހިފެހެއްޓޭނެ ކަމަށެވެ. ނަމަވެސް މީގެ ހަމަސް ދުވަސް ކުރިން ބުނީ 60 ޑޮލަރަށްވުރެ އަގު ބޮޑު ނުވާނެ ކަމަށެވެ.