އެންމެންނަށްވެސް ސާފު ބިއްލޫރިތައް ފެނުމުން އެންމެންވެސް އުފާވެއެވެ. ނަމަވެސް އެ ބޮޑު މަސައްކަތްކުރާ މީހުންނަކަށް އެއްވެސް މީހަކު މާބޮޑު ސަމާލުކަމެއް ނުދެއެވެ.
އުސް އިމާރާތްތަކުގެ ބިއްލޫރިތައް ސާފުކުރަން ކުރާ މަސައްކަތް ދުބާއީގެ ކްރައުން ޕްރިންސް ޝައިޚް ހަމްދާން ބިން މުޙައްމަދު އަލްރާޝިދަށް ފެނިވަޑައިގަތުމުން އެ މަންޒަރު ފޯނަށް ވީޑިއޯ ކުރެއްވުމަށްފަހު ވަނީ މަސައްކަތްކުރާ މީހުންނަށް ޝުކުރު އަދާކުރައްވައިފައެވެ.
تسلم يمينك pic.twitter.com/XuRRhjqhR4
— Hamdan bin Mohammed (@HamdanMohammed) December 19, 2017
ޝައިޚްގެ ޝުކުރުގެ ޓްވީޓާއިއެކު އެ ބުރަ މަސައްކަތް ވަނީ އެންމެންގެ ސަމާލުކަމަށް އައިސްފައެވެ. ގިނަ ބައަކަށް މިކަންވީ ވަރަށް ބޮޑު ސިހުމަކަށެވެ.