ޖެރޫސަލަމުގެ މައްސަލައިގައި އެމެރިކާ އާއި ޔަހޫދީން ބޭނުންވާ ގޮތަށް ދޫ ނުދެއްވާނެ ކަމަށް ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ވިދާޅުވެއްޖެއެވެ.
ރިޔާޛްގައި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް އާއި ބައްދަލުކުރައްވައި ސަލްމާން ރަސްގެފާނު ވިދާޅުވީ އިރުމަތީ ޖެރޫސަލަމް ވާންޖެހޭނީ ފަލަސްޠީނުގެ ވެރިރަށަށް ކަމުގައި ސައުދީން ޤަބޫލުކުރާ ސިޔާސަތު ދަމަހައްޓަވާނެ ކަމަށެވެ.
ސައުދިއަރަބިޔާ ދެމިއޮންނާނީ ފަލަސްޠީނާއިއެކުގައި ކަމަށްވެސް ސަލްމާން ރަސްގެފާނު ވިދާޅުވިއެވެ. ޖެރޫސަލަމުގެ ދިފާއުގައި އަޅުއްވާނެ އެއްވެސް ފިޔަވަޅެއް ސަލްމާން ރަސްގެފާނު ވިދާޅުވެފައެއް ނުވެއެވެ.
ޖެރޫސަލަމް ދިފާއުކޮށް އަނބުރައި ފަލަސްޠީނަށް ހޯދޭނީ ޢަރަބި ބާރުގަދަ ޤައުމުތަކުން ހަރުކަށި ފިޔަވަޅުތަކެއް އެމެރިކާ އާއި ދެކޮޅަށް އަޅައިގެން ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.