ޗައިނާގެ އިޤްޠިޞަދީ ކުރިއެރުން އަންނަ އަހަރު 0.2 އިންސައްތަ ދަށަށް ހިނގައިދާނެ ކަމަށް މާލީ ހާލަތު ދިރާސާކުރާ ތިންކް ޓޭންކުން ބުނެފިއެވެ.
މިއަހަރު 6.7 އިންސައްތައިގައި ހުރި ކުރިއެރުން އަންނަ އަހަރު 7.5 އަށް ދަށްވެދާނެކަމަށް ބެލެވޭތީ ޗައިނާ ސަރުކާރުން މިހާރުވެސް ގެންދަނީ ސިއްރު ބައްދަލުވުންތައް ބާއްވައި މަޝްވަރާކުރަމުންނެވެ.
ޢާންމުކޮށް ފެންނަން ހުރި ދިރާސާތަކުން އެނގޭ ގޮތުގައި އަންނަ އަހަރުވެސް ޗައިނާ އޮންނާނީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްޠިޞާދީ ބާރުގެ ގޮތުގައެވެ. އަދި އިޤްޠިޞާދަށް އަރައިފާނެ ލޮޅުންތައް ޗައިނާއިން ކޮންޓްރޯލްކުރާނެއެވެ.
ޗައިނާގެ ރައީސް ޒީ ޖިންޕިންގެ އިސްނެންގެވުމަށް ޗައިނާއަކީ އިޤްޠިޞާދީ އެންމެ ބޮޑު ބާރަށް ހެދުމަށް ކުރަމުން ގެންދާ މަސައްކަތްތައް ކާމިޔާބުކުރެވޭނެ ކަމަށް މާހިރުން ބުނެއެވެ. ޗައިނާ އިން އެހެން ޤައުމުތަކުގައި މިހާރު ކުރަމުން ގެންދާ އިންވެސްޓްމަންޓްތަކުގެ ފައިދާ ލިބެން ފެށުމުން ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށްވެސް ބެލެވެއެވެ.