އަބޫދާބީގެ މިސްކިތްތަކުގަ ގިނަ ބަސްތަކުން ޚުޠުބާ ތަރުޖަމާ ކުރަން ފަށަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
އަބޫދާބީގެ މިސްކިތްތަކުގަ ގިނަ ބަސްތަކުން ޚުޠުބާ ތަރުޖަމާ ކުރަން ފަށަނީ
އަބޫދާބީގެ މިސްކިތްތަކުގައި 2018 ވނަ އަަހަރުން ފެށިގެން ތަފާތު ބަސްތަކުން ހުކުރު ޚުޠުބާ ތަރުޖަމާކޮށް ވަގުތުން އިއްވަން ނިންމައިފިއެވެ. އެގޮތުން އިނގިރޭސި، ފްރެންޗް، މެންޑަރިން، އަދި އުރުދޫ ބަހުން ޚުޠުބާ ތަރުޖަމާކުރަން ވަނީ ހަމަޖެހިފައެވެ.

ވަޒީރުންގެ މަޖިލީހުން މިފަދަ ނިންމުމެއް ނިންމީ ދުބާއީ އަކީ ބޭރު ޤައުމުތަކުގެ ގިނަ ބައަކު ދިރިއުޅޭ ޤައުމަކަށްވާތީ ޢަރަބި ބަސް ނުދަންނަ މީހުންނަށް އިސްލާމް ދީނުގެ ކަންކަން އިތުރަށް އަންގައި ދިނުމުގެ ބޭނުމުގައެވެ.

ޚުޠުބާ ކިޔާ ވަގުތު އެމީހަކު ބޭނުން ބަަހަކުން ތަރުޖަމާ އަޑު އެހުމުގެ ފުރުޞަތު ލިބެނީ ސްމާޓް ފޯނަށް ޑައުންލޯޑް ކުރެވޭ ޚާއްޞަ އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. އަދި ިމިސްކިތުގައި ހުންނަ ޓީވީ ސްކްރީންތަކުންވެސް ތަރުޖަމާ ފެންނާނެއެވެ.

މިހާރުވެސް ސަތޭކަ މިސްކިތެއްގައި ކުރުު ޢަރަބި ޚުޠުބާއަކަށްފަހު ދީނީ ނަޞޭޙަތް އިނގިރޭސި، އުރުދޫ، ބަންގާޅު އަދި މަލަޔާލަމް ބަހުން ދެއެވެ.

ރާއްޖޭގައިވެސް ގިނަ އަދަދެއްގެ ބަންގާޅީން ހުކުރަށްދާއިރު މިފަދަ އިންތިޒާމެއް ހަމަޖައްސައިފިނަމަ އެކަމުގެ ފައިދާ ކުރާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން