އެމެރިކާ އާ ދެކޮޅަށް އދގަ ވޯޓުދޭ ޤައުމުތަކަށް މާލީ އެހީ ކަނޑާލާނެކަމުގެ އިންޒާރު އެމެރިކާއިން ދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
އެމެރިކާ އާ ދެކޮޅަށް އދގަ ވޯޓުދޭ ޤައުމުތަކަށް މާލީ އެހީ ކަނޑާލާނެކަމުގެ އިންޒާރު އެމެރިކާއިން ދީފި
ޖެރޫސަލަމާއިމެދު އެމެިކާ އިން ނިންމާފައިވާ ނިންމުންތަކާއި ގުޅިގެން އދގައި މިއަދު ނަގާ ވޯޓުގައި އެމެރިކާ އާއި ދެކޮޅަށް ވޯޓުދޭ ޤައުމުތަކަށް އެމެރިކާގެ އެހީ ކަނޑާލާނެ ކަމުގެ އިންޒާރު ރައީސް ޓްރަމްޕް ދީފިއެވެ.

ޓްރަމްޕު ބުނެފައިވަނީ އެކި ގޮތް ގޮތުން މާލީ އެހީތެރިކަން އެމެރިކާާއިން ފޯރުކޮށް ދޭ އެއްވެސް ޤައުމަކުން ވޯޓުގައި އެމެރިކާ އާއި ދެކޮޅަށް ވޯޓުދީފި ނަމަ އެންމެ ބޮޑެތި އެހީތައް ދެމުން ގެންދާ ޤައުމެއް ނަމަވެސް ގުޅުން ކަނޑައިލާނެ ކަމަށެވެ.

"އަހަރެމެން މިތިބީ ބަލަން. ނިކަން ވޯޓުދީބަލަ. އެކަމުން އަހަރެމެންނަށް ކުރާނީ ފައިދާ. އެތައް ބިލިއަން ޑޮލަރެއް ސަލާމަތް ކުރެވިގެންދާނެ އަހަރެމެންނަށް." ޓްރަމްޕް ބުނެފައިވެއެވެ.

މުސްލިމުންގެ އެންމެ މުޤައްދިސް ބިންތައް އަތުލައިގަތުމުގައި އެމެރިކާގެ ހިތްވަރު މިވަރަށް ދައްކާއިރު ބާރު ހުރި ޤައުމުތަކުގެ ދިފާޢީ އެއްވެސް ހިތްވަރެއް ނުފެންނަކަން އަންގައިދެނީ މުސްލިމް އުންމަތް މިއަދު ބަލިކަށިވެފައިވާ މިންވަރެވެ.

މިއަދު އޮންލައިން