އިނގިރޭސި އެންމެ ސީނިއަ މިނިސްޓަރު ބަރަހަނާ ފޮޓޯއަށް ކޮމެންޓުކުރުމުން މަޖުބޫރުކުރުވައިގެން މަޤާމުން ވަކިކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
އިނގިރޭސި އެންމެ ސީނިއަ މިނިސްޓަރު ބަރަހަނާ ފޮޓޯއަށް ކޮމެންޓުކުރުމުން މަޖުބޫރުކުރުވައިގެން މަޤާމުން ވަކިކޮށްފި
އިނގިރޭސި ކެބިނެޓުގެ އެންމެ ސީނިއަރ މިނިސްޓަރު ޑެމިއަން ގްރީން ބަރަހަނާ ފޮޓޯއަށް ކޮމެންޓުކުރުމުން އިސްތިއުފާ ދޭން ބޮޑުވަޒީރު މޭ އޭނާއަށް މަޖުބޫރުކުރުވައިފިއެވެ.

ބެލެވޭ ގޮތުން ގްރީން އަކީ މޭ ގެ އެންމެ އަރިސް އަދި އެންމެ އިތުބާރުކުރެވޭ ވަޒީރެވެ. 2019 ވަނަ އަހަރަކީ އިނިގިރޭސިވިލާތް އެކުގައި ނުކުންނަން ޖެހޭ އަހަރުކަމަށްވުމުން މިފަދަ މުހިންމު ކަމެއް ހިނގަމުންދާ ދަނޑިވަޅެއްގައި އެފަދަ އިސް މިނިސްޓަރަކު ބޭރުކުރަންޖެހުމަކީ ޕާޓީއަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ގިނަ ބައަކު ދެކެއެވެ.

ގްރީން އަކީ އީޔޫ އިން ވަކިނުވުމަށް ވޯޓު ދެއްވި ވަޒީރެކެވެ. އެންމެ އިސް މިނިސްޓަރުގެ ގޮތުގައި ހަމަނުޖެހުނީ މީގެ ހަމަސް ކުރިންނެވެ.

ކޮމެންޓުޓް ފެނިފައިވަނީ ޕާލަމެންޓުގައި އޭނާ ބޭނުންކުރާ ކޮމްޕިޔުޓަރުންނެވެ. އޭނާ ބުނަނީ އެއީ އޭނާ އާއި އެއްވެސް ގުޅުމެއް ނެތް ބޮޑު އޮޅުވައިލުންތަކެއް ކަމަށެވެ.
މިއަދު އޮންލައިން