ޗައިނާގައި 85 އިންސައްތަ އަންހެން ކުދިން ކައިވެނި ކުރަނީ ޢާއިލާއިން މަޖުބޫރުކޮށްގެން

ކިޔުމަށް ހޭދަވާނީ 32ސ
ޗައިނާގައި 85 އިންސައްތަ އަންހެން ކުދިން ކައިވެނި ކުރަނީ ޢާއިލާއިން މަޖުބޫރުކޮށްގެން
ޗައިނާގައި 85 އިންސައްތަ އަންހެން ކުދިން ކައިވެނި ކުރަނީ ޢާއިލާއިން މަޖުބޫރުކޮށްގެންކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ޗައިނާ ޔޫތް ޑެއިލީ އިން ކޮށްފައިވާ ސާރވޭއެއް ދައްކާގޮތުން އެންމެ ގިނައިން ޢާއިލާގެ މަޖުބޫރުން ކައިވެނިކުރަނީ ޢުމުރުން 30 އަހަރުގެ އަންހެން ކުދިންނެވެ. އަދި އެ ޢުމުރުގެ ކުދިންނަށް ވީއެންމެ އަވަހަކަށް ކައިވެނި ކުރުމަށް މަޖުބޫރުކުރުވާ އަދި ނުވިތާކަށް ޢާއިލާއިންވެސް މީހުން ހޯދައިދޭކަމަށް ވަނީ ބުނެފައެވެ.

މިގޮތަށް ކުރާ ކައިވެނީގެ 26 އިންސައްތަ އަކީ އެ ކައިވެނީގައި ދެމިތިބެވޭނެކަމުގެ ޔަޤީންކަން ނޯންނަ ކައިވެނި ކަމަށާއި އެފަދަ ކުދިންގެ ދިރިއުޅުން ވަރަށް ނިކަމެތި ކަމަށްވެސް ދިރާސާއިން ދައްކައެވެ.



މިއަދު އޮންލައިން