128 ޤައުމުން ޓްރަމްޕުގެ ނިންމުން ބާޠިލުކަމަށް ވޯޓުދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
128 ޤައުމުން ޓްރަމްޕުގެ ނިންމުން ބާޠިލުކަމަށް ވޯޓުދީފި
ޖެރޫސަލަމްގެ މައްސަލައިގައި އެމެރިކާގެ ރައީސް ޓްރަމްޕް ނިންމާފައިވަނީ ބާޠިލު ނިންމުމެއް ކަމަށް 128 ޤައުމުން ވޯޓުދީ ތުރުކީ އާއި ޔަމަނުން ހުށަހެޅި ޤަރާރު ފާސްކޮށްފިއެވެ. 35 ޤައުމުން ވަކި ގޮތަކަސް ވޯޓުދީފައެއް ނުވެއެވެ.

މިހައި ބޮޑު އަޣްލަބިއްޔަތަކުން ޤަރާރު ފާސްކުރި ނަމަވެސް މިއީ އަމަލުކުރުން ލާޒިމު ނިންމުމެއް ނޫނެވެ.

މުރާސިލުން ދެކޭ ގޮތުގައި މިހައި ގިނަ ޤައުމުތަކުން ޤަރާރަށް ވޯޓުދިނީ ފަލަސްޠީނަށް ތާއިދުކުރުމަކަށްވެސް ނޫނެވެ. ނަމަވެސް ޓްރަމްޕުގެ ނިންމުންތަކަކީ އދ ގެ ރިޒޮލިޔުަޝަންތަކާއި ޚިލާފް ނިންމުމެއްކަން ދެއްކުމަށެވެ.

މިއަދު ފާސްކުރި ޤަރާރަށް ތާއީދުކޮށްފިނަމަ އެމެރިކާގެ މާލީ އެހީތެރިކަން ކަނޑައިލާނެ ކަމުގެ އިންޒާރު ރައީސް ޓްރަމްޕް ދީފައި ވަނިކޮށް އެއަށް ބިރެއް ނެތި މިހައި ގިނަ ޤައުމުތަކުން ވޯޓު ދިނުމުން ގިނަ ކަންތައްތަކެއް އެނގިގެންދާ ކަމަށް މުރާސިލުން ދެކެއެވެ.
މިއަދު އޮންލައިން